ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން ޖާބިރުގެ ކުއްލިމައްސަލައެއް މަޖިލީހަށް


ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭގެ ސަލާމަތާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސައަށް ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ޤަރާރު ބަލައިގެންފައިވަނީ މަޖިލީހުގެ 50 މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ މާލެއަކީ ވެރިކަން ކުރާ ރަށަށްވެފައި ރާއްޖޭގެ އެންމެ ގިނަބަޔަކު އުޅެމުންދާ ތަނަށްވާއިރު މާލޭގައި ދިރިއުޅެވޭނެފަދަ ރައްކާތެރިކަމެއް ނެތްކަމަށެވެ.

މާލޭގެ ސަލާމަތާއި ރައްކާތެރިކަމަކީ މިވަގުތުން މިވަގުތަށްވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ކަމެއްކަމަށާއި، 1 ބޭފުޅަކު ނިޔާވެ 400 އަށްވުރެ ގިނަ ރައްޔިތުން ހާލުގައި ޖެހިފައިވާކަމީ ކަންބޮޑުވާކަމެއްކަމަށް މިޤަރާރުގައި ބުނެފައިވެއެވެ.

ޖާބިރު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރުމަށް ކުރުމަށް ހުޅުވާލާފައިވަނީ 2 ގަނޑިއިރަށެވެ.