ޚަބަރު

މިއަހަރު 30 ރަށެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަކީ އަމާޒެއް - ފެނަކަ


މިއަހަރުގެ ތެރޭގައި 30 ރަށެއްގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ފެނަކައިން އެންމެ ފަހުން އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ފ.ބިލެއްދޫގައެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދއވެ. ފެނަކައިން ވިދާޅުވެފައިވަނީ ފ.ބިލެއްދޫ އިންޖީނުގެއަކީ، މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ފެއްޓި 17ވަަނަ ރަށްކަމަށެވެ.

ފެނަކައިން ވިދާޅުވެފައިވަނީ ފ.ބިލއްދޫ އިންޖީނުގެ ބަދަލުކުރަނީ އެރަށުގެ ބަނދަރު ސަރަަޙައްދަށްކަމަށެވެ. ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަނީ މިއަހަރުގެ ފުރަތަމަ 6 މަހު 153 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 53 ޖެނަރޭޓަރުވަނީ ރަށްރަށަށް ފޮނުވާފައެވެ.