ވިޔަފާރި

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުޞަތު އެސްއެމްއީތަކަށް ހުޅުވާލައިފި


ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުޞަތު ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކައް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނެރެފައިވާ ޢިއުލާނެއްގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީގައި އެސްއެމްއީގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީން ދޫކުރާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް މަސް ޤަތުމުގެ ލައިސަންސް، އަލުން ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ލައިސަސް ދޫކުރާނީ ލޯކަލައިޒް ކޮށްފައިވާ ކަލެކްޓަރ ބޯޓުފަހަރަށާއި ޝޯބޭސްޑް ފެސިލިޓީތަކަށް މަސް ޤަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓްކުރުމަށެވެ. ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކުން މަސް ގަތުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ފޯމް މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.