ތިމާވެށި

4 ރަށެއްގެ ކުނި މެނޭޖްކުރުމާ ގުޅޭ އެއްބަސްވުންތަކެއްގަ ސޮއިކޮށްފި


އދ. މަހިބަދޫގައި އިންސިނަރޭޓަރެއް ޤާއިމްކުރުމުގެ މަސައްކަތާއި، ލ. ފޮނަދޫގައި ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އދ. މާމިގިލީގައި ކުނިކޮށި ޤާއިމްކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ބަޔަކާ ޙަވާލުކުރައްވައިފިއެވެ.އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ތިން ރަށުގެ ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙީމްއެވެ. ލ. ފޮނަދޫ ކުނިކޮށި އަޕްގްރޭޑް ކުރުމަށް ޙަވާލުކޮށްފައިވަނީ ގޮތިކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.އދ. މާމިގިލީގެ ކުނިކޮށި  ޤާއިމްކުރުމަށް އެކުއަމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާއިރު އދ. މަހިބަދޫގައި ކުނި ނައްތާލުމަށް އިންސިނަރޭޓަރެއް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ ރިނިއުއަބަލް އެނާރޖީ މޯލްޑިވްސްއާއިއެވެ.މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހަރުދަނާ ކުނީގެ ނިޒާމެއް ޤާއިމްކުރުގެ ގޮތުން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެގޮތުން މިވަގުތު ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހަ ރަށެއްގައި ދޭއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޤައުމީ ސަރަޙައްދީ ފެންވަރުގެ ކުނި މެނޭޖް ކުރާ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެސިލިޓީ އޮޑިޓެއް ހިންގަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ އިތުރު ދިހަ މަޝްރޫޢެއް ޕީއެސްއައިޕީ ބެޖެޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.