ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި އެއްވެސް މައްސަލައެއް ނެތްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާދެމެދު މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނާދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ. 
މިކަމަކީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫންކަމަށާ، މިއަދުވެސް އެމަނިކުފާނާއި ރައީސް ނަޝީދާ ވާހަކަފުޅު ދައްކވައި ކަންކަމުގައި މަޝްވަރާ ކުރައްވާފައިވާކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.  
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާ، މިކަމުގައި އެމަނިކުފާނު ނުހަނު ހިތްޕުޅުހަމަޖެހޭކަަމަށެވެ.