ޚަބަރު

އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޢަދަދު 200 މިލިއަން ޑޮލަރަށް އަރާ - ރައީސް


އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ ޢަދަދު 200 މިލިއަން ޑޮލަރަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޮޑިޓް ރިޕޯޓްތަކުން ފެންނަން އޮތީ 90 މިލިއަން ޑޮލަރުކަމަށް ވީނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބެލިބެލުމުން މި އަދަދު 200 މިލިޔަން ޑޮލަރަށް އަރާކަމަށެވެ.

މިމައްސަލަޔަކީ ދައުލަތުުން ނުހަނު އިސްކަމެއް ދެއްވައިގެން ބަލަމުންދާ މައްސަލަޔަކަށްވާއިރު، މިމައްސަލާގައި އެސެޓް ރިކަވަރީ ކޮމިޝަނުން ނުހަނު ބާރަށް މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފަނު ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށާ، ބައެއް ރަށްރަރަށް ހަވާލުކުރީ ކާކަށްކަން ނޭގޭއިރު އެކަކަށް 2 ރަށް ތިންރަށްވެސް ދެވިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރު ދައުވާ ކުރާއިރު، މީގައި ޝާމިލުވާ އެހެންފަރާތްތަކުގެ މައްޗަށްވެސް ދައުވާކުރުމަށް މިމަހުގެ ފަހުކޮޅު ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށެވެ.