ވިޔަފާރި

ލޯކަލް އައިލެންޑް ޓުއަރިޒަމް އިޝްތިހާރުކުރުމަށް އިޓަލީގެ ވަފުދެެއް ރާއްޖެއަށް


ލޯކަލް އައިލެންޑް ޓުއަރިޒަމް އިޝްތިހާރުކުރުމަށް އިޓަލީގެ ތަޖުރިބާކާރުން އަދި ޓުއަރ އޮޕަރޭޓަރުންގެ ޓީމެއް ރާއްޖެ އައިސްފިއެވެ.

މިއީ ގެސްޓްހައުސް ޓުއަރިޒަމް އިޝްތިހާރުކުރުމަށްޓަކައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އިޓަލީގެ މިޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 23 ގެ ނިޔަލަށެވެ.

މި ހަރަކާތުގެ ތެރެއިން އިޓަލީގެ ވަފުދުގެ ބޭފުޅުން ރާއްޖޭގެ ބައެއް ގެސްޓްހައުސްތަކަށް ޒިޔާރާތްކޮށް ގެސްޓްހައުސްތައް ބަލައި، ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ލޯކަލް އައިލެންޑް ޓޫއަރިޒަމް އިޝްތިހާރުކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.