ޚަބަރު

ހުޅުދޫގެ ރައްޔިތުންނަށް 68 ކޮމްޕިއުޓަރ ސިސްޓަމް ސައިރިކްސް ކޮލެޖުން ހަދިޔާ ކޮއްފި


ސައިރިކްސް ކޮލެޖުގެ ފަރާތުން އައްޑޫސިޓީ ހުޅުދޫ ރައްޔިތުންނަށް 68 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާ ކޮއްފިއެވެ.

މިކަން ހާމަ ކުރައްވާ ސައިރިކްސް ކޮލެޖުގެ ޗެއާރމަން އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުޅުދޫގެ ރައްޔިތުންގެ ތެރެއިން ކޮންމްޕިއުޓަރު ސިސްޓަމް ބޭނުންވެފައިވާ ޢާއިލާތަކަށް ކޮމްޕިއުޓަރ ސިސްޓަމް ތަކެއް ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ހަދިޔާ ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސިސްޓަމް ތަށް ހަދިޔާ ކުރުމަށްފަހު މުޅިން ހިލޭ ކޮމްޕިއުޓަރ ޓްރެއިނިންގް ޕްރޮގްރާމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

ސައިރިކްސް ކޮލެޖުން ބުނީ، މީގެ އިތުރު ބުރެއް އަދި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. ސައިރިކްސް ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި، ސީއެސްއާރުގެ ދަށުން ޑިނގާ ފާރމެއް ތަރައްޤީ ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މިކަމާ ގުޅޭގޮތުން ދިރާސާ ކުރުމަށް މާހިރުންގެ ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އައިސްފައި ވެއެވެ.