ވިޔަފާރި

އެމްޓީސީސީ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފި


އެމްޓީސީސީގެ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށްވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެމްޓީސީސީން ނިންމާފައިވާ މި ނިންމުމާއެކު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދޭ ފެރީތަކުގައި ހޮޑުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުތަކުގެ ބަދަލުގައި ދެން ލިބެން ހުންނާނީ ކަރުދާސް ކޮތަޅެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް ސައްބީސް ހާސް މީހުން އެމްޓީސީސީ ފެރީގެ ޙިދުމަތް ބޭނުންކުރެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 9.5 މިލިއަން މީހުންނެވެ.

އެމްޓީސީސީގެ ފެރީތަކުގައި ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާއިރު، އެކުންފުނިން ދަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޓީސީސީން ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތައިން ބުރާސްފަތި ދުވަހެއްގެ ވަކި ގަޑިތަކެއްގައި މާލެ އާއި ވިލިމާލެ އާއި ދެމެދު ދޭ ފެރީ ޙިދުމަތުގައި ކަރުދާސް ޓިކެޓް ބޭނުން ނުކުރާ ގޮތަށްވެސް ހަމަޖައްސާފައެވެ.