ޚަބަރު

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


މިއަދު ހެނދުނު މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ 9:30 ހާއިރު މާފަންނު ގެއެއްގައި މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. ފުލުުހުން އެތަން ބެލި ބެލުމުން މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ހާމީއްކައެއް ނުވަތަ އަނިޔާއެއް ފެންނަން ނެތްކަމަށް މައުލޫމާތު ލިބެއެވެ. މަރުވެފައިވަނީ ޢުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.