އަތޮޅުތައް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ސޮނެވާފުށީގައި ފާހަގަކޮށްފި


ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޮނެވާފުށި ރިސޯޓުން
ތަފާތު ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ.



ހޯމަ ދުވަހު ސޮނެވާފުށީ އަތިރިމަތީ ސަރަހައްދުގައި ކުރިޔަށްގެންދިޔަ
މިހަރަކާތްތަކުގެ ތެރޭގައި ސޮނެވާފުށިން މިހާރުކުރިޔަށްގެންދާ ބ. އަތޮޅުގެ
ސްކޫލްތަކުގެ ކުދިންނަށް ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ކަނޑާ،
ފަރުގެ ސަރަހައްދުތަކަށް ގެންގޮސް ފަރުތައް ދެއްކުމާއި، އެތަންތަނާބެހޭ މަޢުލޫމާތުދިނުން
ހިމެނެއެވެ. ސޮނެވާފުށީ ރިސޯޓުން ބުނީ ފަތަންދަސްކުރަމާ މިޕްރޮގްރާމްގެ ދަށުން ބ.އަތޮޅުގެ
ހުރިހާ ސްކޫލެއްގެ ގްރޭޑް 3 ގައި ކިޔަވާކުދިންނަށް މިއަހަރު ފަތަން
ދަސްކޮށްދިނުމަށް އަމާޒުކޮށްފައިވާކަމަށެވެ.



ފަތަން ދަސްކުރަމާ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒާ، މާޅޮހު
މަދްރަސާއިން ފަތަން ދަސްކުރި 50 އަށްވުރެގިނަ ކުދިންނަށް އިއްޔެވަނީ
ހަނދާނީލިއުން ހަވާލުކޮށްފައެވެ. ސޮނެވާފުށީން ކޮންމެ އަހަރަކުވެސް ބ. އަތޮޅުގެ
ސްކޫލްތަކުގައި ކިޔަވާކުދިންނަށް ތިމާވެއްޓާބެހޭ މައުލޫމާތުދިނުމުގެ ތަފާތު ޕްރޮގްރާމްތައް
ދަނީ ހިންގަމުންނެވެ.