އަތޮޅުތައް

ކ، ގުރައިދޫގައި ސަރުކާރުން އެޅި މިސްކިތް ހުޅުއްވައިދެއްވައިފި


މާލެ
އަތޮޅު ގުރައިދޫގައި ސަރުކާރުން އެޅި އާ މިސްކިތް، އިސްލާމިކް  މިނިސްޓަރ ޑރ. އަހުމަދު
ޒިޔާދު އިއްޔެ ހުޅުއްވައިދެއްވައިފިއެވެ.



ހޯމަ ދުވަހު އަސްރު ނަމާދުވަގުތަށް މަސްޖިދުއް ސިއްދީޤް
ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ ވަނީ އިމާމުވެ އަސްރު ނަމާދު ކުރައްވާ،
ނަމާދުގެ ފަހުގައި ދީނީ ނަސޭހަތް ދެއްވާފަ.މިސްކިތް ހުޅުއްވައި ދެއްވުމަށް ފަހު
މިނިސްޓަރ ޒިޔާދު ވިދާޅުވީ ގުރައިދޫގައި ހުޅުވިގެން ދިޔަ މި މިސްކިތަކީވެސް
ސަރުކާރުން ރައްރަށުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މުހިންމު
މަސައްކަތެއް ކަމަށެވެ. އަދި މިފަދަ މިސްކިތެއް ރީތިކޮށް ޢިމާރާތް ކުރެވުމުން
އެކަނި ނުފުދޭ ކަމަށާއި ކުރިއަށް   އޮތީ
ރަމްޟާން މަސް ކަމަށް ވާއިރު ގިނަ ބަޔަކު އަޅުކަން ކުރުމަށް މިސްކިތްތަށް ބޭނުން
ކުރަން ޖެހޭކަމަށް      މިނިސްޓަރ ވިދާޅުވިއެވެ.



ގުރައިދޫގައި ކުރިން ބޭނުންކުރަމުން އައި މިސްކިތް ބާވެ،
ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ ސަރުކާރުން އަޅުއްވައިދެއްވި އާ މިސްކިތަކީ
ހަތް ސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫއަށް ހަތަރެއް ޕޮއިންޓް
ފަހެއް މިލިއަން  ރުފިޔާ ޚަރަދުވެފައިވާ
ކަމަށް ގުރައިދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.