ޚަބަރު

އެއްގަޑިއިރުގެ ތެރޭގައި ފޭރުމުގެ ދެމައްސަލަ!


ގަޑިއެއްގެ އިރުގެތެރޭގައި ފޭރުމުގެ ދެ މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިއަދު ހެނދުނު 9:37 ހާއިރު ބަނގްލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތްދަބަސް ފޭރިގަނެގެން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އެމީހާގެ އަތްދަބަސް ފޭރިގަނެފައިވަނީ ސައިކަލެއްގައި ދިޔަ ދެމީގެއްކަމަށްވެސް ފުލުހުން މައުލޫމާތުދެއްވައެވެ.

މީގެއިތުރުން މިއަދު 8:33 ހާއިރުވެސް ފޭރުމުގެ އެހެން މައްސަަަލައެއް ފުލުހުންނަށް ހުުށަހަޅާފައިވެއެވެ. ކަލާފާން ސްކޫލް ކައިރިން ފޭރިގެންފައިވަނީ އަންހެނެއްގެ އަތުގައި އޮތް ވޮލެޓެއްކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިއަދު ދިމާވި ދެމައްސަލަވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުުހުން ވިދާޅުވެއެވެ.

ފަހަކަށްއައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައްވަނީ އިތުރުވެފައެވެ.