ވިޔަފާރި

ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ނޮމިނޭޓްވި ފަރާތްތައް ޢިއުލާންކޮށްފި


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ) ގެ ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެވޯޑަށް ނޮމިނޭޓްވި ފަރާތްތައް ޢިއުލާންކޮށްފިއެވެ.

މިއަހަރުގެ ގެސްޓްހައުސް އެވޯޑަށް 14 ކެޓަގަރީއަކުން 96 ފަރާތެއް ވަނީ ނޮމިނޭޓް ވެފައެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑް ހަފްލާ 2 ބަޔަކަށް ވަނީ ބަހާލާފައެވެ. އެއީ ގެސްޓްހައުސް އެޑިޝަނާއި، ގާލާ ނައިޓްއެވެ.

މިއަހަރުގެ ގެސްޓްހައުސް އެޑިޝަންއަށް ރާއްޖޭގެ 65 ގެސްޓްހައުސް ވަނީ ނޮމިނޭޓްވެފައެވެ. މި އެވޯޑް ހަފްލާގައި ލީޑިންގެ ގެސްޓްހައުސްއާއި، ލީޑިންގ އެކޯ ފްރެންޑްލީ ގެސްޓްހައުސް، ލީޑިންގ ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް، ލީޑިންގ ބިޒްނަސް ގެސްޓްހައުސް، ލީޑިންގ އެޑްވެންޗަރ ގެސްޓްހައުސް، ލީޑިންގ ބީޗް އައިލެންޑް އަދި ލީޑިންގ ގެސްޓްހައުސް އައިލެންޑް ފަދަ އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ހޮވޭ ފަރާތްތައް ހޮވާނީ 60 އިންސައްތަ ވޯޓާއި ޓްރިޕް އެޑްވައިޒަރުން ދޭ 40 އިންސައްތަ މާކްސްއަށް ބެލުމަށްފަހުއެވެ

މި އެވޯޑް ހަފްލާ މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވިއިރު އޭގެ ކުރީއަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ މާފުށީގައެވެ. އަދި މިއަހަރު މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ތޮއްޑޫގައެވެ.