ޚަބަރު

ގައުމީ 09 ބޯލް ޗެމްޕއަންޝިޕްގެ ފިރިހެންބައިގެ ޗެންޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފި


ގައުމީ 09 ބޯލް ޗެމްޕއަންޝިޕްގެ ފިރިހެންބައިގެ ޗެންޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފިއެވެ.

ފިރިހެން ބައިގެ ޗެންޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދާފައިވަނީ ފައިނަލްގައި މުހައްމަދު ޝަރީފްއާއި ވާދަކޮށްގެން 9 ފްރޭމް 5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ 4 ފްރޭމްދިޔައީ ވަރަށް ވާދަވެރިކޮށެވެ. ކޮޅަކަށް ފްރޭމްއެއް ގޮސް ބްރޭކްއަށް ދިޔައިރު ދެ ކުޅުންތެރިންވެސްވަނީ 4 ފްރޭމް ހޯދާއިފައެވެ. ބްރޭކަށްފަހު ޗެންޕިއަންކަން ހޯދި ހަސަން ޝާޒް މުހައްމަދު ވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ލީޑް ފުޅާކޮށްފައެވެ. ފަހުން ޝަރީފްއަށް ހޯދުނީ އެންމެ ފްރޭމްއެކެވެ. ހަސަން ޝާޒް މެޗް ކާމިޔާބުކޮށްފައިވަނީ 9 ފްރޭމް 5 ފްރޭމްއިންނެވެ.

މިމުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންނަކީ އަހުސަން ހާޝިމް، ހުސެއިން ފަޔާޒް، އަލީ ފަޔާޒް، މުހައްމަދު ފަރީމް، ހުސެއިން ސުވެއިދު، މުހައްމަދު ޝަރީފް އަދި އިބްރާހިމް ރަޝީދުއެވެ.

މިމުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިބްރާހީމް ރަޝީދުއެވެ. ފިރިހެންބައިގެ ތިންވަނަ ހޯދާފައިވަނީ މުހައްމަދު ދުންޔާޒްއެވެ.
މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ހޯދާފައިވަނީ އާމިނަތު ފާތީއެވެ. ރަނަރަޕް ކުޅުންތެރިއަކީ ދީނާ އަހުމަދު އަދި އަންހެންބައިގެ ތިންވަނަ ހޯދީ ފަޒްނާ މޫސާއެވެ.