ދުނިޔޭގެ ތިމާވެށިގެ ދުވަހާ މިނިވަން ފަންސާހަށް ވިލިނގިލި ޒީނަތްތެރިކޮށް ސާފުކުރުމަށްޓަކައި ގއ.ވިލިނގިލި ކައުންސިލުން އިސްނަގައިގެން ރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.މިޕްރޮގްރާމްގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި ޖަމާވެފައި ހުރި ކުނިބުންޏާއި، ހޭޅިފަށާއި ފަޅުތެރޭގައި ހުރި އެކިކަހަލަ ޒާތުގެ ކުނިތައްވެސް ވަނީ ނަގާ ސާފުކޮށްފައެވެ.މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ވިލިނގިލީގެ އެކި މުވައްސަސާތަކާއި ވިލިނގިލީ ރެޑް ކްރޮސެންޓް ޔުނިޓާ ގުޅިގެންނެވެ.ގްރޫޕްތަކަށް ބަހައިލައިގެން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ ދަށުންވަނީ ގިނަ އަދަދެއްގެ ކުނި އެއްކޮށް އެތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުނިގޮނޑަށް ފޮނުވާލާފައެވެ.އަތޮޅުފެންވަރުގައި މިނިވަން ފަންސާސް ފާހަނގަ ކުރުމަށްޓަކާ ވިލިނގިލި ޒީނަތްތެރިކުރުމުގެ ގޮތުން އިތުރުހަރަކާތްތައް ރާވާފައިވާ ކަމަށް ވިލިނގިލި ކައުންސިލުން މަޢުލޫމާތުދެއެވެ.