އަތޮޅުތައް

ރޯދައަށް އެސްޓިއޯއިން ފިޔާ،ބިސް އަދި އަލުވި ބ.އަތޮޅަށް ގެންދަނީ


ރަމަޟާންމަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ގެންނަ ބިހާއި، އަލުވިއާއި ފިޔާ މިހަފްތާތެރޭގައި ބ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް  އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނެފިއެވެ.އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ ބ. އަތޮޅު ފިހާރައަށް ގެންނަ ބިހާއި، އަލުވިއާއި ފިޔާގެ ޝިޕްމަންޓް މާދަމާ ނުވަތަ އަނެއްދުވަހު މާލެ އަންނާނެކަމަށާ، ދެދުވަހެއްގެ ތެރޭގައި އެތަކެތި އޭދަފުއްޓަށް ގެންނާނެކަމަށެވެ.އެފިހާރައިގެ މެނޭޖަރ އަހްމަދު ޒަމީލް ވިދާޅުވީ އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާވަރުގެ ޝިޕްމަންޓެއް އޭދަފުށީ ފިހާރައަށް ގެންނާނެކަމަށާއި، އެތަކެތި ހެޔޮއަގެއްގައި ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ރަމަޟާން ބާޒާރަށް އެއަތޮޅުގެ ހުރިހާ ރަށަކުންވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާ، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އާންމުމުދާ ރޯދަމަސް ނިމެންދެން އެފިހާރައިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.