ޚަބަރު

އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި


އެސްޓީއޯގެ ފާމަސީއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭސް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުނިންގ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯގެ ފާމަސީ ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ޢަމްރުއާއި އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމެވެ.

އެސްޓީއޯއާއި އައިޖީއެމްއެޗުގެ ގިނަ މުވައްޒަފުން މިރަސްމިއްޔާތުގައި ބައިވެރިވެފައިވާއިރު އެސްޓީއޯގެ އެހެނިހެން ފާމަސީތަކުންވެސް ލިބޭ ޚިދުމަތްތައް މިފިހަރާއިން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެގޮތުން އިޝުއަރެންސް މެދުވެރިކޮށް ދެވޭ ޚިދުމަތްތައްކާއި އާސަންދައިގެ ޚިދުމަތްވެސް އެސްޓީއޯގެ މިފާމަސީން ލިބޭނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި ހުންނަ މިފާމަސީން އެސްޓީއޯގެ އެހެނިހެން ފާމަސީތަކުން ލބެން ހުންނަ ބޭސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ސީނިއާ މެނޭޖަރ މެޑިކަލްސް އާމިނަތު ވަޙީދާ ވިދާޅުވީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް ލިބޭ ހުރިހާ ގަޑިއަކުވެސް އެސްޓީއޯ ފަރމަސީން ޚިދުމަތް ލިބޭނެކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިއްޙީ ދާއިރާއަށް ބޭނުންވާ އެކި ވަޞީލަތްތަކާއި ބޭސް އެތެރެކުރުމުގެ މަސައްކަތްކުރަނީ އެސްޓީއޯއިންނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފާމަސީތަކުން ޚިދުމަތް ދެމުން އަންނައިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި މި ފާމަސީއަކީ އެކުންފުނީގެ 188 ވަނަ ފާމަސީއެވެ.