ޚަބަރު

ށ. އަތޮޅު ކައުންސިލުން ދޭ ވިޔަވަތި އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި


މިލަދުންމަޑުލު އުތުރުބުރީ ކައުންސިލުން ”ވިޔަވަތި އިނާމަށް“ ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެކައުނސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެއްގެ ތެރެއިން މިއަހަރު ބާއްވާ މުބާރާތެކެވެ.

އެކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި އިނާމަކީ އެއަތޮޅުގެ ސްކޫލު މަދަރުސާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ހިތްވަރު ދިނުމަށާއި ސިއްޙީ ދާއިރާއާއި އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތެރިންނާއި ދަރުމަވެރިންގެ އަގުވަޒަންކުރުމާއިއެކު ހިންގުމުގެ ދާއިރާއިން މުއައްސަސާތަކަށް ހިތްވަރު ދިނުމަށާއި އަދި ޤައުމީ ފެންވަރާއި ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ދެވޭ އިނާމެކެވެ.

މި އަހަރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ އަދި ޚިދުމަތްތެރި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ށ. އަތޮޅުން ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

ވިޔަވަތި އިނާމު ދެވޭ އެކި ކެޓަގަރީތަކުން ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފޯމު، އެކައުންސިލުގެ ވެބްސައިޓުވެސް ލިބެން ހުންނާނެކަމަށް އެކައުންސިލުން މައުލޫމާތުދެއެވެ.