ތިމާވެށި

ޕީއެސްއެމް ގެ ޗެނަލްތައް ތިމާވެށީގެ ދުވަހަށް ހާއްސަކުރެވިފައި


މިހާތަނަށް
ދިވެހިރާއްޖޭގެ މީޑިއާތަކުން ފާހަގަކޮށްފައިނުވާހާ ކުލަ ގަދަކޮށް މިއަހަރުގެ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ޕަބްލިކް ސާރވިސް މީޑިޔާގެ ޗެނަލްތަކުން މިއަދު ފާހަގަ
ކުރަމުން އެބަދެއެވެ. ޓީވީ މޯލްޑިވްސް، ދިވެހިރާއްޖޭގެ އަޑު އަދި ދިވެހި އެފް
އެމްގެ މިއަދުގެ ހުރިހާ ޕްރޮގްރާމްތައް 
ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ފެހި ދުވަސް" މި ނަމުގައެވެ.



މިއަދު
ހެނދުނުން ފެށިގެން، ރޭގަނޑު ބާރަ ޖެހުމާ ހަމައަށް ޕީ އެސް އެމްގެ ޗެނަލްތަކުގެ
ހުރިހާ ޕްރޮގްރާމްތަކެއް ބައްޓަން ކުރެވޭނީ ތިމާވެއްޓާއި ގުޅޭ ތަފާތު
ޕްރޮގްރާމްތަކާއި، އިވެންޓްތަކަށެވެ.



ޓީވީ
އެމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި ބެލުންތެރިން ޝައުގުވެރިވާނޭ ފަދަ ގިނަ
ޕްރޮގްރާމްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ކުރު ޑޮކްމިއުޓަންރީތަކާއި، ތަފާތު
މައުލޫމާތު ލިބިދެވޭ އިންޓަވިއުތައް ގެނެސްދެވޭނެއެވެ. ދިވެހިރާއްޖޭގެ އަޑާއި
ދިވެހި އެފްއެމުންވެސް، ތިމާވެއްޓާއި ގުޅޭ މުހިންމު މަސައްކަތްތަކާއި، މި ދާއިރާގެ
މަޝްރޫއުތަކުގެ ތަފްސީލް، އަދި މައުލޫމާތު މުއްސަނދިވާނޭ، ޝައުގުވެރި
ޕްރޮގްރާމްތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. ތިމާވެށީގެ ދުވަހާއި ގުޅިގެން
އެކި ފަރާތްތަކުން އިންތިޒާމްކުރާ އިވެންޓްތައްވެސް ވަގުތުން ގެނެސްދިނުމަށްވަނީ
ހަމަޖެހިފައެވެ.



މިއީ ޓީ
ވީ އެމާއި، ދިވެހިރާއްޖޭގެ އަޑު އަދި ދިވެހި އެފްއެމުގެ ތާރީޚްގައި ތިމާވެށީގެ
ދުވަސް އެންމެ ކުލަފަދަކޮށް ފާހަގަކުރެވޭ އަހަރެވެ.



ތިމާވެށީގެ
ދުވަސް މިފަދަ ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް ޕީ އެސް އެމުން  ނިންމީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް
ލިިބިފައިވާ ގައުމަކަށްވުމާއެކު، ގައުމުގެ ދެމި އޮތުމާއި، ގައުމުގެ އިގްތިސާދުގެ
ދިރުން ބިނާވާ ދާއިރާއަކީ ތިމާވެށިކަމަށް ހިމެނޭތީއެވެ.