ކުޅިވަރު

މެންޗެސްޓަރ ސިޓީގެ ތަފާތަކީ އެޓީމްގެ އެޓޭކް - ގާޑިއޯލާ


މެންޗެސްޓަރ ސިޓީގެ ތަފާތަކީ އެޓީމްގެ އެޓޭކްކަމަށާއި، ގިނަ ކުޅުންތެރިން ފޯމުގައި ތިބުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ

.އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ސިޓީ މޮޅުވި މެޗަށްފަހު ކޯޗު ގާޑިއޯލާވަނީ އެޓީމްގެ އެޓޭކުގައި ހިމެނޭ ކުޅުންތެރިންނަށް ތައުރީފްކޮށްފައެވެ. 4 މެޗު ނިމުނުއިރު ފޯވާޑް ލައިނުގައި ހިމެނޭ ގިނަ ކުޅުންތެރިންވަނީ ގޯލް ޖަހާފައެވެ. ހަތަރު މެޗުގައި އެޓީމުން 14 ގޯލް ޖެހިއިރު، ލަނޑު ލިސްޓުގެ އެންމެ ކުރީގައިވެސް އެޓީމްގެ ދެ ކުޅުންތެރިން ހިމެނެއެވެ.

މެޗަށްފަހު ގާޑިއޯލާ ބުނީ ހުރިހާ ކުޅުންތެރިންވެސް ފޯމުގައި ހުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށާއި، ކޮންމެ ކުޅުންތެރިއަކަށް ފުރުސަތުދިނަސް މޮޅު ކުޅުމެއް ދައްކާނެކަމުގެ ޔަގީންކަންވެސް މިހާރު ބޮޑުކަމަށެވެ. ރޭގެ މެޗުގައި ސިޓީގެ ޑިފެންޑަރ ލަޕޯތަށް އަނިޔާވެވަނީ ބަދަލުކުރަން ޖެހިފައެވެ. ގާޑިއޯލާ ބުނީ މިދިޔަ ދެ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެކުލަބުގެ ޑިފެންޑަރަށް އަނިޔާވުމަކީ ކަންބޮޑުވުމެއްކަމަށާއި، ލީގުގެ ކުރީކޮޅު ލަޕޯތަށް އަނިޔާވުމަކީ ޓީމަށް ލިބޭނެ ގެއްލުމެއްކަމަށެވެ.

ސިޓީ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއިއެކު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓަރ ޔުނައިޓެޑާއި ސައުތަމްޓަން ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. އަދި ޗެލްސީއާއި ޝެފިލްޑް ވެނިސްޑޭ ވާދަކުރި މެޗު އެއްވަރުވީ ދޭއް ދޭއްގެ ނަތީޖާއަކުންނެވެ.