ޚަބަރު

ހދ ކުމުންދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރަނީ


ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަަޔަށް ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކައުންސިލުން ބުނީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ ބިމެއް ކަމަށާއި ބިން ކުއްޔަށް ދޫކުރެވޭނީ އަކަފޫޓަކަށް 60 ލާރީގެ ރޭޓުން ކަމަށެވެ.

މިއީ މިގޮތަށް އެކައުންސިލުން ބިން ކުއްޔައްދޫކުރާ ފުރަތަމަފަހަރެވެ.