ކުޅިވަރު

ކެރަމް އެސޯސިއޭޝަން ކަޕް އާދިއްތަ ދުވަހު ފަށަނީ


ކެރަމް އެސޯސިއޭޝަން ކަޕްގެ މެޗުތައް އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތުގައި މިއަހަރު ކުރިއަށްދާނީ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓްގެ މެޗުތަކެވެ. މުބާރާތުގައި ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ޑަބަލްސް އިވެންޓްގެ މެޗުތަކެވެ.

މިދިޔަ އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފާތިމަތު ރަޔާނާއެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލީ އާޒިމެވެ. މިއަހަރުގެ މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭގަނޑުއެވެ.

މިއަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު މިއަހަރު ކުރިއަށް އޮތް ބައިނަލްއަޤުވާމީ 2 މުބާރާތަށް ޤައުމީ ކެރަމް ޓީމް ފަރިތަކުރުންތައް ފަށާނެއެވެ.