ޚަބަރު

ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާދެއްވައިފި


ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާދެއްވައިފިއެވެ.

ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސް އަޙްމަދު ޝިފާޢު އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ވަކި ސަބަބެއް އަދި ސާފުވެފައެއްނުވެއެއެވެ.

އަޙްމަދު ޝިފާޢު ވަޒީފާއާބެހޭ ޓަރައިބިއުނަލުގެ ރައީސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޝިފާޢު އެ މަޤާމަށް އައްޔަން ކުރެއްވީ ކުރިން އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމްގައި ހުންނެވި ޙުސައިން ފާއިޒު ރަޝާދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމާއި ގުޅިންގެންނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން، ވަޒީފާގެ މައްސަލަތައް ބެލުމަށް އުފައްދާފައި އޮންނަ ޓްރައިބިއުނަލެކެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ.