ކުޅިވަރު

ރިއަލް ބެޓިސްގެ މައްޗަށް ކުރި ހޯދާ ބާސެލޯނާއިން އެޓީމްގެ ފެންވަރު ދައްކާލައިފި


ބާސެލޯނާއާއި އަލަށް ގުޅުނު ފޯވާޑް އެންޓޮއިން ގްރިޒްމަންގެ 2 ގޯލުން ރިއަލް ބެޓިސްގެ މައްޗަށް ކުރި ހޯދާ ބާސެލޯނާއިން އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ.

ބާސެލޯނާއަށް މިއަހަރު 107 މިލިއަން ފައުންޑަށް ގުޅުނު ފޯވާޑް އެންޓޮއިން ގްރިޒްމަންވަނީ މިމެޗްގައި މޮޅު ކުޅުމެއްދައްކާފައެވެ. ރިއާލް ބެޓިސްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދާފައިވަނީ 5 ލަނޑު 2 ލަނޑުންނެވެ. މިމެޗުން ބާސެލޯނާ މޮޅުވެފައިވަނީ އަނިޔާގައިތިބި ކެޕްޓަން ލަޔޮނަލް މެސީއާއި ލުއިސް ސުވަރޭޒް ނުލައެވެ. މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ރިއަލް ބެޓިސްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ނަބީލް ފެކީރްއެވެ. ފަހަތުންއަރާ ބާސެލޯނާއަށް އެއްވަރުކޮށްދިނީ ފޯވާޑް ގްރިޒްމަންއެވެ. ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ އަނެއް ތިން ގޯލް ޖަހާދީފައިވަނީ ޖޯޑީ އަލްބާ، އަރުތޯ ވިދާލް އަދި ކާލެސް ޕެރޭޒްއެވެ.

މިމެޗަށް ނުކުތްއިރު، ބާސެލޯނާގެ ޖަރޒީގައި ކުޅުނު ފުރަތަމަ މެޗްގައި އެތްލެޓިކޯ ބިލްބާއޯއާއި ވާދަކުރި މެޗްގައި މާރަގަނޅު ކުޅުމެއް ދެއްކިފައިނުވާތީ ގްރީޒްމަންއަށް ގިނަ ފާޑުކިއުންތަކެއްވަނީ އަމާޒުވެފައެވެ. އެއީ މި ލީގްގައި ރޭ އެތްލެޓިކޯ މެޑްރިޑްވަނީ ރަށުން ބޭރުގައި ލެގަނޭސް އަތުން 1 ލަނޑު 0 ލަނޑުން މޮޅުވެފައެވެ.

މި މޮޅާއެކު 2 މެޗުން ލިބުނު 6 ޕޮއިންޓްއާއެކު އެޓީމް އޮތީ ތާވަލުގެ 2ވަނައިގައެވެ. މިއަދަދަށް ޕޮއިންޓް ހޯދައިގެންނާއި ލަނޑުގެ ތަފާތުން 1 ވަނައިގައި އޮތީ ސެވިއްޔާއެވެ.