ޚަބަރު

އުތީމުގައި ޑެންގީ އަދި ޗިކަންގުނިޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ރަށުތެރެ ސާފްކުރުގެ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފި


ހއ އުތީމުގައި ޑެންގޫ އަދި ޗިކަންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ރަށުތެރެ ސާފް ކުރުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި.

ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގުރާމްގައި ސަރުކާރުގެ މުއައްސަސާތަކާ ކުލަބް ޖަމްޢިއްޔާތަކާ އަދި ރަށުގެ ރައްޔިތުން ބައިވެރި ވެފައިވޭ. ސާފްކުރުމުގެ މިޕްރޮގޮރާމްގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަނާ ދަޅާއި، ފުޅިފަދަ ތަކެތި ނައްތާ ލާފައިވޭ. އަދި އުތީމުގައި މިހާރު ފެތުރެމުންދާ ޑެންގޫ އަދި ޗިކަންގުނިޔާ ފަދަ ބަލިތަށް ކޮންޓްރޯލް ކުރުމަށް ގޭގެއަށް ޒިޔާރަށް ކޮށް ރައްޔިތުންނަށް މިކަމާ ބެހޭ ފުރިހަމަ މައުލޫމާތު މިޕްރޮގުރާމުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ. އުތީމް ކައުންސިލަރ އުތީމް ހެލްތުސެންޓަރު ގުޅިގެން މުޅި ރަށުތެރެ ވަނީ ފޮގް ކޮށްފައި ކަމަށް އުތީމް ކައުންސިލުން ބުނެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކުރިގޮތުގައި ޑެންގީ ހުން ޖެހުނު މީހުން، މިއަހަރުގެ މިހަތަނަށް ރިޕޯޓުކޮށްފައިވާ މިންވަރު ފާއިތުވި ތިން އަހަރަށްވުރެ އިތުރުވެފައި ވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ.