ޚަބަރު

ފ.އަތޮޅުގެ ރަށްތަކަށް ޢާންމު ފެރީގެ ޚިދުމަތް ފަށައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފ.އަތޮޅުގެ ރަށްތަކަށް ޢާންމު ފެރީގެ ޚިދުމަތް ފަށައިފިއެވެ.

ފާފު އަތޮޅަށް މިފެށި ފެރީގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވަނީ ފ.ފީއަލީން، ނ.ލަންދޫއަށެވެ. މިގޮތުން، ޚިދުމަތް ދެވޭ ރޫޓަކީ ފ.ބިލެއްދޫ، ފ.މަގޫދޫ، ފ.ދަރަނބޫދޫ އަދި ފ.ނިލަންދޫ ކަމަށް އެމްޓީސީން ވިދާޅުވެއެވެ. އަދި މިޚިދުމަތް ކޮންމެ އާދިއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ފޯރުކޮށްދޭނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވޭ. ފާފު އަތޮޅުގެ ރަށްތަކަށް ޢާންމު ފެރީގެ ޚިދުމަތް ފޯރުކޮށްދިނުން ފަށާފައިވަނީ 10 އޯގަސްޓް 2019 ގައެވެ. އަދި މި ޚިދުމަތުގެ އަގަކީ 20 ރުފިޔާއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީއަކީ ރާއްޖޭގެ ފެރީގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އެކުންފުނިން ގްރޭޓަރ މާލޭ ރީޖަން ހިމެނޭހެން އައްޑުއާއި ފުވައްމުލަށް ފިޔަވައި ހުރިހާ އަތޮޅަކަށް އަންނަނީ ފެރީގެ ޚިދުމަތް ދެމުންނެވެ. މިޚިދުމަތަށް ޢާންމުންގެ ބޮޑު ޑިމާންޑެއް އޮންނައިރު، ފެރީގެ ޚިދުމަތް ޒަމާނީކޮށް، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެމް.ޓީ.ސީ.ސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.