ޚަބަރު

ކުޅުދުއްފުށީގެ ފަޅު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި


ކުޅުދުއްފުށީ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީ “ހަވިރީނައިޓް” ނަމަކަށް ކިޔާ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯތް އެރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:12 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.