ކުޅިވަރު

ލެވިސްޓާ ކަޕް - ޗެމްޕިއަން ވެލާ ސިޓީން މުބާރާތުގެ ސެމީއަށް


ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ލެވިސްޓާ ކަޕް ފުޓްބޯޅަ މުބާރާތުގައި ހުސްސޮގުން ގެ މައްޗަށް ކުރިހޯދައި އެންމެފަހުގެ ޗެމްޕިއަން ވެލާ ސިޓީން މުބާރާތުގެ ސެމީގެ ފަހު ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީ އިން ސެމީގެ ޖާގަ ލިބުނީ އެމްއޭ ޔުނައިޓެޑް އާއި ވެލާ ސިޓީއަށެވެ. ގްރޫޕް އޭ އިން ސެމީގެ ޖާގަތައް ކަށަވަރުކުރީ ސައިނޯސާ އާއި ޔުނައިޓެޑް ވީއެވެ.

އިއްޔެ ހަވީރު އޭދަފުށީ ޓާފު ދަނޑުގައި ކުޅުނު މެޗު ވެލާ ސިޓީ ކާމިޔާބުކުރީ ހަތަރެއް ތިނަކުންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނެގީ ހުސްސޮގުން ޓީމުންނެވެ. މެޗްގެ 11 ވަނަ މިނިޓްގައި ހުސްސޮގުން ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޒުބައިރުވެ. މާގިނަ އިރުތަކެއް ނުވެ ވެލާ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް ޝަރީފުއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ ޒުބައިރު ވަނީ ހުސްސޮންގުން އަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ފާހު ފެށި ތަނާހެން ވެލާ ސިޓީން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ތަސްނީމެވެ. މެޗުގެ 48 ވަނަ މިނިޓްގައި ވެލާ އަށް ލީޑް ނަގައިދިނީ އަހްމަދު ޝުހައިލެވެ. އަދި އޭގެ ނުވަ މިނިޓް ފަހުން ވެލާގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ޚަލީލުއެވެ. މެޗުގެ 70 ވަނަ މިނިޓްގައި ހުސްސޮގުންގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަފްނާނުއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ސައިނޯސާ ނުކުންނާނީ ވެލާ ސިޓީއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ހުކުރު ދުވަހު އެމްއޭ ޔުނައިޓެޑް އާ ދެކޮޅަށް ނުކުންނާނީ ޔުނައިޓެޑް ވީއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެލާ ސިޓީ ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސައިނޯސާ ބަލިކުރުމަށްފަހުއެވެ.