ހދ.ކުޅުދުއްފުށީ އެއަރޕޯރޓު ސަރަޙައްދުގައި ޖަހާފައިވާ ފެންސްގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިންމޭނެކަމަށް ޓަރާންސްޕޯރޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އެއަރޕޯރޓްގެ ޝެޑިއުލް ދަތުރުތަށް ފެށުމަށް މިމަހުގެ ނުވަވަނަ ދުވަހު ކުޅުދުއްފުށީ އެއަރޕޯރޓްގައި ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރު ވިދާޅުވީ އެއަރޕޯރޓުގެ ފެންސްގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭވަރުވާނެކަމަށާ، މިހާރު އެމަސައްކަތް ނިންމުމަށް ހަވާލުކުރެވިފައިވާކަމަށެވެ.
ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ނިންމައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސި ނަމަވެސް ޢާއްމު ދަތުރު ތައް ނުފެށި ގިނަދުވަސްވީ ޓާރމިނަލްގެ މަސައްކަތް ނުނިންމުމުގެ ސަބަބުންނެވެ.