ޚަބަރު

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅައިފި


ޕްރޮސެކިއުޓާ ޖެނެރަލް ޢާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅައިފިއެވެ.

ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲއާއި ޖަލުގައި ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ޕީޖީ ޢަމަލުކޮށްފައިވާ ގޮތާއިމެދު ހިންހަމަޖެހި ވަޑައިނުގެން މޫސާ ސިރާޖް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައެވެ. އިތުބާރު ނެތްމައްސަލަ ހުށަހެޅުމަށްފަހު އޭނާ ވިދާޅުވެފައިވަނީ ޕީޖީއަށް އިތުބާރު ނުކުރެވޭތީ އޭނާ ވާނީ އެމައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިކަމަށެވެ. މިނިވަން މުވައްސަސާތަކުން މީހުން ވަކިކުރަން އޮންނަނީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާ، ލީޑަރުންނާއި އަދި ޕަލިމަންޓްރީ ގްރޫޕުގެ މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައެޅުމުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިއީ ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރެއްވި ފުރަތަމަ ފަހަރުއެވެ. ނަމަވެސް މީގެ ކުރިން 18ވަނަ މަޖިލީހުގައި 2 ފަހަރެއްގެ މަތިން އޭނާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މަޖިލީހުގައި ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ މައްސަލައެއް އަބުރާ ގެންދަވާފައިވާކަން ފާހަގަކޮށްލެވެއެވެ.