ޚަބަރު

ޢީދު ދުވަހު ހަވީރު އިންޖީނުލީ އުޅަނދު ދުއްވުން މަނާ


އީދު ދުވަސް ފާހަގަ ކުރުމަށްޓަަކައި އެދުވަހުގެ ހަވީރު މާލެއާއި ހުޅުމާލޭގައިވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވަނީ އަޟްހާ ޢީދުގެ މުނާސަބާގައި 11 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30އިން ފެށިގެން 18:30އާ މާލޭގައި ދުއްވޭނީ ހަމައެކަނި ހުއްދަ ދީފައިވާ އިންޖީނުލީ އެއްގަމު އުޅަނދުތައް އެކަނި ކަމަށެވެ. އަދި ހަވީރު 16:00ން 18:00އަށް ހުޅުމާލޭގައިވެސް ދުއްވޭނީ ހަމައެކަނި ހުއްދަ ދީފައިވާ އިންޖީނުލީ އެއްގަމު އުޅަނދުތައް އެކަނި ކަމަށެވެ.

ފައިމަގުގައި ހިނގާފައިއުޅޭގޮތަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި، އެމްބިއުލާންސްއާއި، ފުރާ މީހުން އުފުލުމަށް ހުއްދަ ދީފައިވާ އުޅަނދުތަކާއި، ބަހުގެ ޚިދުމަތާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެއާއި ހުޅުމާލޭގެ އިތުރުން އީދު ދުވަހު ހަވީރު ވިލިނގިލީގައިވެސް އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެެވެ.

އެ މިނިސްޓްރީން ވިދާޅުވީ މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.