ކުޅިވަރު

ގެބްރިއަލް ޖެސޫސް ސަސްޕެންޑްކޮށްފި


ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން އޭނާ ސަސްޕެންޑްކޮށް 30000 ޕައުންޑުން ޖޫރިމަނާކުރީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ރަތްކާޑު ދެއްކުމުން އޭނާގެ އަމަލުތައް ހުރި ގޮތުންނެވެ. ދެކުނު އެމެރިކާ ފެޑަރޭޝަނުން ބުނީ ޖެސޫސްގެ އަމަލުތައް ހުރީ ކުޅިވަރު ރޫހާ ހިލާފު އަދި އަމިއްލަ ނަފްސަށް ވެސް ހުތުރުވާ ގޮތަށް ކަމަށެވެ.

ބްރެޒިލް ތަށި ހޯދި މުބާރާތުގެ ފައިނަލް މެޗުގައި ރަތް ކާޑު ދެއްކުމުން އޭނާ ވަނީ ޗޭންޖިން ރޫމަށް ދިޔަ މަގުމަތީގައި ފުޅިއެއްގައި ފައިންޖަހައި ރުޅިވެރިކަން އިސްކޮށްފަ އެވެ. އޭގެ ކުރިން ރެފްރީ ވެސް ކޮށްޕާލާފައިވެ އެވެ.

މި މައްސަލާގައި އެޕީލް ކުރުމުގެ ފުރުސަތު ލިބިފައިވީ ނަމަވެސް ޖެސޫސް އާއި ބްރެޒިލްގެ ފެޑަރޭޝަނުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.