ޚަބަރު

"އެކްސްޕޭޓްރިއޭޓް ހެލްތް އިންޝުއަރެސް ޕްލޭން" ތައާރަފް ކޮށްފި


ބިދޭސީ މަސައްކަތްތެރިންނަށް ސިއްޚީ ރައްކާތެރިކަން ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަށް ދިމާވެދާނެ މާލީ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިމިގްރޭޝަނާއި، އެލައިޑް އިންޝުއަރެންސް ގުޅިގެން އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށްފިއެވެ.މި ސްކީމް ތައާރަފް ކޮށްފައިވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ."އެކްސްޕޭޓްރިއޭޓް ހެލްތް އިންޝުއަރެސް ޕްލޭން" ގެ ނަމުގައި އިފްތިތާކު ކުރެވުނު މި އިންޝުއަރެންސް ޕްލޭން އަކީ، ރާއްޖޭގައި މަސައްކަތްކުރުމަށް ހުއްދަ ދެވިފައިވާ، ބިދޭސީންނަށް އިމިގްރޭޝަންގެ ވޯކް ވިޒާގެ ގަވާއިދުގެ ދަށުން ނެގުމަށް ލާޒިމްކުރާ ހެލްތް އިންޝުއަރެންސް ސްކީމެކެވެ.މިސްކީމް ތައާރަފްކުރުމުގެ އެމް.އޯ.ޔޫގައި ސޮއިކުރެއްވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެނޑް އެމިގްރޭޝަން ގެ ކޮންޓްރޯލާ އަހުމަދު އަންވަރާއި،  އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލްއެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމަވަމުން މިނިސްޓަރ އޮފް އިކޮނަމިކް ޑިވޮލޮޕްމެންޓް މުހައްމަދު ސައީދު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިނަށް އަމާޒްކޮށްގެން އިމިގްރޭޝަނުން އިސްނަގައިގެން ކުރިޔަށްގެންދާ މި އިންޝުއަރެންސް ސްކީމަކީވެސް އެ ޑިޕާޓްމަންޓުގެ މަސައްކަތްތަކަށް ލިބިގެންދާ ކުރިއރުމެއްކަމަށެވެ. އަދި އިމިގްރޭޝަން މިޒަމާނުގެ ވިޔަފާރިއަށް ބަދަލުވަމުންދާކަމަށާއި، އިމިގްރޭޝަން ޑިޕާޓްމަންޓަކީ، ބިއުރޮކްރެސީގެ ސަގާފަތަކުން ދުރުވެ މިޒަމާނުގެ ވިޔަފާރީގެ ވެށީގައި އެކަށީގެންވާ މުހިންމު ރޯލެއް އަދާކުރާ، އަދި ކަންކަން ތަންފީޒްކުރެވޭތަނަކަށް މިދައުރުގެ ތެރެގައި ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މި އިންޝުއަރެންސް ސްކީމް ތައާރްފްވެގެންދިއުމަކީ އެކަމުގެ ހެއްކެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ ލޭބަރުން މަސައްކަތްކުރާ އިމާރާތްކުރުމުގެ ދާއިރާގެ ފަރާތުން ވާހަކަފުޅުދައްކަވަމުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާޙް ވިދާޅުވީ، މަސީގެ މަސައްކަތްތަކާއި އެމަސައްކަތުގައި ދިމާވާ ދަތިތަށް ހައްލުކުރެއްވުން އެދި ރައީސް ޔާމީނަށް ދެންނެވުމުން އެކަމުގެ އަމަލީ ސިފަ ވަރަށް އަވަހައްފެންނަމުންދާކަމަށާއި، ޕްރޮޖެކްޓްތަށް ކުރިޔަށްގެންދިއުމުގައި ސަރުކާރުގެ ރޯލްވަރަށް ބޮޑުކަމަށެވެ.ޖަނާ ވިދާޅުވީ، އިމިގްރޭޝަނުން މި ތާރަފްކުރި ސްކީމްގެ ސަބަބުންވެސް ލޭބަރުންގެ ސިއްޚީ ކަންކމުގައި ކުރިންހުރި ގޮންޖެހުންތަކަށް ހައްލެއްލިބިގެން ގޮސްފައިވާކަމަށެވެ.މި ޖަލްސާގައި އެލައިޑް އިންޝުއަރެންސުން ބުނީ، ތާރަފްކުރެވުނު ޕޮލިސީގައި ލާޒިމްކުރާ ކަވަރޭޖުގައި އޮޕްޝަނަލް ކަވަރޭޖެއް ހިމެނޭކަމަށެވެ. އެގޮތުން ލާޒިމް ކުރާ ކަވަރޭޖްގެ ގޮތުގައި އެއްލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު، ސަރުކާރުގެ ސިއްޚީ ޚިދުމަތްދޭ ތަންތަނުން ބޭސްކުރާނަމަ ސަތޭކަޕަސެންޓް ކަވަރ ކޮށްދޭނެކަމަށާއި، އަމިއްލަ ތަނެއްނަމަ، ޚިދުމަތްލިބޭނީ ފަނަރަ ޕަސެންޓް ނެގުމަށްފަހުކަމަށެވެ.މީގެ އިތުރުން ބިދޭސީއަކު މަރުވެއްޖެނަމަ މަރުވެފައިވާ ހަށިގަނޑު އެމީހެއްގެ ގައުމަށް ފޮނުވައިދިނުމާއި، ރާއްޖޭގައި ވަޅުލައިފިނަމަ އެޚަރަދުތަކާއެކު، އާއިލާއަށްދެވޭ ބަދަލެއްގެ ގޮތިގައޮ ތިރީސް ހާސް ރުފިޔާ ކަނޑައެޅޭ ކަވަރޭޖެއްވެސް މި ސްކީމްގެ ތެރޭގައިވަނީ ހިމެނެއެވެ.