ޚަބަރު

ހއ. އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ލޯންޗް ފެރީ "ފަހިދުވެލި" ޙިދުމަތް ހުއްޓާލާފައި އޮތުމަށްފަހު އަގަށް ބަދަލުތަކެއް ގެނެސް އަލުން ދަތުރުތަށްފަށަނީ


ހއ. އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ލޯންޗް ފެރީ "ފަހިދުވެލި" ޙިދުމަތް ހުއްޓާލާފައި އޮތުމަށްފަހު އަގަށް ބަދަލުތަކެއް ގެނެސް އަލުން ދަތުރުތަށްފަށަނީ.

ހއ. އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ލޯންޗް ފެރީ ދަތުރުތައް ތަޖުރިބާ ކުރުމުގެ ގޮތުން، އިތުރު ރަށްރަށާއި، ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ދަތުރު ކުރާގޮތަށް ވަނީ ހަމަޖައްސާފައި.

އަތޮޅު ކައުންސިލްގެ 113 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތުގައި އަލަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ، ދިއްދޫ އާއި ވަށަފަރާއި , އުތީމް ، އަދި ހަނިމާދޫއާއި ކުޅުދުއްފުއްޓަށެވެ. މީގެކުރިން ފަހިދުވެލީގެ ފެރީ ދަތުރުތައް ކުރަމުން ގެންގޮސްފައިވަނީ ހަމައެކަނި ދިއްދޫ އާއި ކުޅުދުއްފުއްޓާ ދެމެދުގައެވެ. އެހެންނަމަވެސް ފެރީ ދަތުރުތަކުން މާބޮޑު ނަފާއެއް ލިބެމުން ނުދާތީ އިތުރު މަންޒިލްތައް އިތުރުކުރި ކަމަށް އަތޮޅު ކައުންސިލް އިދާރާއިން ވަނީ ބުނެފަ.

ކައުންސިލުން ނިންމާފައިވާ ގޮތުގައި ދަތުރުތައް ފެށޭނީ މި އޯގަސްޓް މަހުގެ 8 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ހަފުތާއަކު އެއްފަހަރު ކުރަން ހަމަޖެހިފައިވާ މިދަތުރުތަކުގެ އަގަށްވެސްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ދިއްދޫ އިން ވަށަފަރު އެއްކޮޅަށް -/100ރ ދެކޮޅަށް -/150ރ
ވަށަފަރު - ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ވަށަފަރު – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ދިއްދޫ – އުތީމު އެއްކޮޅަށް -/100ރ ދެކޮޅަށް -/150ރ
ދިއްދޫ – ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް 300ރ
އުތީމު – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
އުތީމު – ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ހަނިމާދޫ – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ދިއްދޫ – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ

ފަހިދުވެލި ފެރީ ދަތުރުގެ ޓިކެޓް ކޮންމެ ހަފްތައެއްގެ ބުދަދުވަހުގެ 2:00 ކުރިން ހއ އަތޮޅު ކައުންސިލް އިދާރައިން ލިބިވަޑައި ގަންނަވާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފަ.