ޚަބަރު

ދިއްދޫގައި އަލަށް ޢިމާރާތްކުރި ހައުސިން ޔުނިޓުތައްހުރި ސަރަޙައްދުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ފަށައިފި


ދިއްދޫގައި ޢިމާރަތްކޮށްފައިވާ ހައުސިން ޔުނިޓުތައް ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމުގެ މަސައްކަތާއި މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ކުރުމަށްޓަކައި، ބޭނުންވާ ވެހިކަލާއި މަގުބައްތި ޖެހުމަށް ބޭނުންވާ ސާމާނު މިހާރުވަނީ ދިއްދުއަށް ގެންގޮސްފައެވެ. މިމަސައްކަތް ކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. ހައުސިންގ މިނިސްޓްރީން ވިދާޅުވީ ދިއްދޫ ހައުސިންގ ޔުނިޓްތައް ޙަވާލު ކުރުމުގެކުރިން އަދިވެސް ގިނަމަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.

ގެތަކުގެ ޢިމާރާތް ކުރުމާގުޅޭ މަސައްކަތްތައް ނިމިފައިވީ ނަމަވެސް ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތް މުޅީން ނިންމާފައިނުވާކަމަށާ މިމަސައްކަތްތައް ފަށައި، ގެތަކަށް ބޭނުންވާ މަރާމާތުތައް އޮގަސްޓުމަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.