ޚަބަރު

ހަ ރަށެއްގެ ސްކޫލުތަގައި މަލްޓި ޕަރޕަސް ހޯލް ހަދަން ބަޔަކާއި ހަވާލުކުރައްވައިފި


ހަ ރަށެއްގެ ސްކޫލުތަގައި މަލްޓި ޕަރޕަސް ހޯލް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާއި ހަވާލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ހަވާލުކުރައްވާފައިވަނީ ރ.އަލިފުށި، ވ.އަތޮޅު ތައުލީމީ މަރުކަޒު، ތ.ގުރައިދޫ، ރ.އުނގޫފާރު، ޅ.ކުރެންދޫ، ވ.ކެޔޮދޫ ސްކޫލުގައި ދެ ފަންގިފިލާގެ މަލްޓި ޕަރޕަސް ހޯލް އެޅުމަށެވެ. މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯޓަރ ޕަރކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ
މި ހަ ރަށުގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ތިރީސް ނުވަ މިލިއަން ހަތަރުސަތޭކަ އަށްޑިހަ ނުވަ ހާސް ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒެވެ. ވޯޓަރ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އަޙްމަދު އަފްރާހެވެ. މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ދެ ފަންގިފިލާއަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވީ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް 2020ވަނަ އަހަރުގެ މަރޗްމަހަށް ނިންމައި ބޭނުންކުރަން ފަށާނެކަމަށެވެ.

"މިއީ 500ކުދިންގެ ޖާގައިގެ ހޯލްތަކެއް. އިލެކްޓްރިކް ރޫމާއި، 2 ޗޭންޖިންގ ރޫމާއި، 4 ފާޚަނައާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފާޚަނައަކާއި، ސްޓޯރޫމާއި، ރޭމްޕްވެސް ހިމެނޭނެ." ރިޔާޒް ވިދާޅުވިއެވެ.

މިނިސްޓްރީއިން އިއްޔެވެސްވަނީ ހދ.ނެއްލައިދޫ ސްކޫލްގައި ދެ ކްލާސްރޫމް ހެދުމާއި އއ.ތޮއްޑުއާއި ރ.ހުޅުދުއްފާރުގައިވެސް މަލްޓި ޕަރޕަސް ހޯލް ހެދުމަށް ބަޔަކާ ހަވާލުކޮށްފައެވެ. މިނިސްޓްރީންދަނީ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ ސްކޫލްތަކުގެ ޢުމްރާނީ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރަމުންނެވެ.