ޚަބަރު

ރަށުތެރެ ސާފް ކުރުމުގެ ޕްރޮގުރާމެއް، ދިއްދޫގައި ކުރިޔަށް ގެންގޮސްފި


ރަށުތެރެ ސާފް ކުރުމުގެ ޚާއްސަ ޕްރޮގުރާމެއް ހއ.ދިއްދޫގައި ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ރަށު ކައުންސިލުން އިސްނަގައިގެން ދިއްދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގުރާމެކެވެ. މިޙަރަކާތަކީ ދިއްދޫގައި އާދަޔާ ޚިލާފަށް މަދިރި ގިނަވެ ޑެންގީހުން ފެތުރެމުން ދާތީ މަދިރި އުފެދޭ ގޮތަށްހުރި ތަންތަނާއި ތަކެތި ނައްތާލުމަށް ކުރިޔަށް ދިޔަ ޕްރޮގުރާމެކެވެ.

ރަށުތެރެ ސާފު ކުރުމުގެ މިޕްރޮގްރާމުގައި ސްކޫލު ދަރިވަރުނާއި ބެލެނިވެރިންވެސް ބައިވެރި ވެފައިވެއެވެ. މިޕްރޮގުރާމުގައި ރަށުތެރެއާއި ބީޗާއި ބަނދަރު ސަރަޙައްދު ސާފުކޮށްފައިވެއެވެ. ސާފުވެށި އެންމެންގެ ޒިންމާ މިޝިޢާރުގެ ދަށުން ހއ.އަތޮޅުގެ އެކި ރަށްރަށުގައިވެސް ދަނީ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެރައްރަށުން މަޢުލޫމަތު ދިންގޮތުގައި އެރަށްރަށުންވެސް މިޕްރޮގުރާމް ކުރިޔަށް ގެންގޮސްފައިވަނީ މިދުވަސްވަރަކީ މަދިރި ގިނަވެ އާދަޔާ ޚިލާފަށް ހުމާއި ރޯގާ ފެތުރެމުންދާ ދުވަސްވަރަކަށް ވީމަކަމަށެވެ.

ދިއްދޫގަ ކުރިޔަށްދިޔަ ސާފުކުރުމުގެ ޕްރޮގުރާމުގައި ސަރުކާރު މުއައްސަސާތަކުގެ ގިނަ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.