އަތޮޅުތައް

އެންސްޕާއިން ޑޯޓުޑޯ ކެމްޕޭނެއް ގއ އަތޮޅުގައި ފަށައިފި


ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް މޮނިޓަރކުރުމުގެ ގޮތުން ޑޯޓުޑޯ ކެމްޕޭނެއް ގއ އަތޮޅުގައި ފަށައިފިއެވެ.އެންސްޕާގެ އެޑްމިން އޮފިސަރ އަފްރާހް ނައީމް ވިދާޅުވީ ގއ އަތޮޅުގައި ކުރިޔަށްގެންދާ މި ޕުރޮގްރާމުގެ ދަށުން ހުރިހާ ރަށެއްގައިވެސް މޮނިޓަރިންގެ މަސައްކަތް ކުރިޔަށްދާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެކަނިވެރި މައިންނާއި ޤާނޫނީ ބެލެނެވެރިކަން ހަވާލުކޮށްފައި ހުރި ފަރާތްތަކުގެ ހާލުބަލާ އެސެސްމަންޓެއް ހެދޭނެކަމަށެވެ.މީގެ އިތުރުން ގއ އަތޮޅުގެ ހުރިހާ ރަށެއް ނިންމުމަށްފަހު މިކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.