ޚަބަރު

މެރީޑިއަމް އިން އެސްޓީއޯއަށް 19 މިލިޔަން ރުފިޔާ ދައްކަން ހުކުމްކޮށްފި


މެރީޑިއަމް ކުންފުނިން އެސްޓީއޯއަށް 19 މިލިޔަން ރުފިޔާ ދައްކަން ހުކުމްކޮށްފިއެވެ.

2016ވަނަ އަހަރު ސިވިލް ކޯޓުން މިމައްސަލާގައި ކޮށްފައިވާ ހުކުމް އެސްޓީއޯއިން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން މިއަދު އެކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މެރީޑިއަމުން އެސްޓީއޯއަށް 2010ވަނަ އަހަރުގެ ފަހުކޮޅު ކްރެޑިޓަށް ތެޔޮދޫކުރިކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. އަދި މިމުޢާމަލާތުގައި ދެފާރާތުން ބަދަލުކޮށްފައިވާ ލިޔެކިޔުމުގެ މުޢާމަލާތްތަކުންވެސް އެކަން ސާފްވާކަމަށް ހައިކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ. މިއަދުގެ ޝަރީއަތުގައި އެސްޓީއޯއަށް މިފައިސާ ދައްކަން ހުކުމް ކޮށްފައިވަނީ ތިންފަޑިޔާރުންގެ އިއްތިފާގުންނެވެ.

މެރީޑިއަމުން މިފައިސާ ދައްކަން ކޮށްފައިވާ ހުކުމުގައި މިއަދުން ފެށިގެން ހަ މަސް ދުވަހުގެތެރޭގައި އެފައިސާ އެސްޓީއޯއަށް ދައްކައި ޚަލާސްކުރަންޖެހެއެވެ. އަދި މިމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތީން މޯގޭޖްގެ ގޮތުގައި ބަހައްޓާފައިއޮތް އުޅަދު ވިއްކާލުމުގެ ހައްޤު އެސްޓީއޯއަށް ލިބގެންދާނެއެވެ.

2016ވަނަ އަހަރު އެސްޓީއޯއިން މިފައިސާ ހޯދުމަށް ސިވިލް ކޯޓްގައި އެދމުން އެކޯޓުން ހުކުމް ކޮށްފައިވަނީ މެރީޑިއަމުން ތެޔޮގަތްކަމަށް އެސްޓީއޯއަށް ސާބިތުކޮށްދެވިފައިނުވާތީ އެފައިސާ ދައްކަން ނުޖެހޭކަމަށެވެ. މެރީޑިޔަމް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީގުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.