ވިޔަފާރި

އެމްޓީސީސީގެ ބޯނަސް ހިއްސާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް


ހިއްސާގެ ބޯނަސް ލިބޭނީ މި މަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ ގެ އަހަރީ އާއްމު ޖަލްސާއާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ، ބޯނަސް ހިއްސާ ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ކަމަށްވާތީ، ބޯނަސް ހިއްސާއާއެކު ހިއްސާދާރުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމަށްޓަކައި ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ހަތް ދުވަހުގެ ނޯޓިސްއެއް މިހާރު ދީފައިވާ ކަމަށެވެ.އެމްޓީސީސީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ކުންފުންޏަށް ލިބުނު  ފައިދާ އިން ހިއްސާއަކަށް 20 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށް އެމްޓީސީސީގެ ބޯޑުން ވަނީ ނިންމާފައެވެ.