ޓުއަރިޒަމް

ވެލިދޫ އައިލެންޑް ރިސޯޓް ހިންގުމުގެ ހުއްދަ އަލުން ދީފި


މިދިޔަ މާޗް މަހު ލައިސަންސް ބާތިލުކުރި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލިދޫ އައިލެންޑް ރިސޯޓް ހިންގުމުގެ ހުއްދަ އަލުން ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އއ. ވެލިދޫގައި ހިންގާ ވެލިދޫ އައިލެންޑް ރިސޯޓް ހިންގުމުގެ ހުއްދަ މިމަހުގެ 17 ވަނަ ދުވަހު އަލުން ދޫކޮށްފައިވާ ކަމަށެވެ.ވެލިދޫ ރިސޯޓް ހިންގުމުގެ ހުއްދަ އަލުން ދީފައިވާއިރު އެ ރިސޯޓުގެ ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރި ވަކި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު ވެލިދޫ އައިލެންޑް ރިސޯޓާއެކު ހިދުމަތް ދިނުމާ ބެހޭ ލައިސަންސް ބާތިލުކުރި ރިސޯޓްތަކުގެ ތެރޭގައި، މަޑޫގަލި ރިޒޯޓާއި ކ. އަސްދޫގައި ހިންގާ އަސްދޫ ސަން އައިލެންޑް ރިސޯޓް ހިމެނެއެވެ.