ވިޔަފާރި

ދ. އަތޮޅު މާގައުގައި ތަރައްޤީކުރާ ރިސޯޓް ސެޕްޓެމްބަރ މަހު ހުޅުވަނީ


ދ. އަތޮޅު މާގައުގައި ތަރައްޤީކުރަމުންދާ ބަލޫނީ ރިސޯޓް އަންނަ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި ރިސޯޓަކީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ބަލޫނީ ހޮޓެލްސްއިން ރާއްޖޭގައި ތަރައްޤީކުރާ ރިސޯޓެކެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. އަދި މިއީ އިޓަލީގެ ކުންފުންޏަކުން ރާއްޖޭގައި ތަރައްޤީކުރާ ފަސް ތަރީގެ ފުރަތަމަ ރިސޯޓްވެސްމެއެވެ.

މި ރިސޯޓުގައި ޖުމްލަ 96 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ވިލާއާއި، އޯވަރ ވޯޓާ ވިލާގެ އިތުރުން ގާޑަން ވިލާ ހިމެނެއެވެ. މީގެއިތުރުން ފެމިލީ ބީޗް ވިލާއާއި، ސްޕަރ ލަކްސް ޕްރެޒިޑެންޝިއަލް ވޯޓަރ ވިލާ ވެސް މި ރިސޯޓުގައި ހުރެއެވެ.

މި ރިސޯޓުގައި ތިން ރެސްޓޯރެންޓާއި ސްވިމިން ޕޫލާއި، ސްޕާގެ އިތުރުން ޑައިވް ސެންޓަރެއް ހުންނާނެއެވެ. ބަލޫނީ ހޮޓެލްސްއިން މިހާރުވެސް އަންނަނީ ޔޫރަޕްގެ އެކި ހިސާބުތަކުގައި 9 ލަގްޒަރީ ހޮޓެލް ހިންގަމުންނެވެ.