ކުޅިވަރު

ރަން މެޑައްޔަކީ ހުރިހާ ދިވެހިންނަށް މިނިވަންދުވަހުގެ ހަދިޔާ: ނަބީހާ


ބެޑްމިންޓަންގެ ތާރީޚުގައި ހޯދި ފުރަތަމަ ރަން މެޑައްޔަކީ މިނިވަންދުވަހު ހުރިހާ ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއްކަމަށް އައިއޯއައިޖީގެ އަންހެން ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދި ނަބީހާ އަބްދުއްރައްޒާގު ބުނެފިއެވެ.

ނަބީހާވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް އިވެންޓުން ނަބީހާ އަބްދުއްރައްޒާގު ރަން މެޑަލް ހޯދީ ސީޝެލްސްގެ ކެމިލީ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.

ރަން މެޑަލް ހޯދުމަށްފަހު ނަބީހާ ބުނީ މިއީ މިނިވަންދުވަހު ހުރިހާ ދިވެހިރައްޔިތުންނަށްދޭ ހަދިޔާއެއްކަމަށެވެ. އޭނާ ބުނީ ބެޑްމިންޓަންއިން ރަން މެޑަލް ހޯދި ފުރަތަމަ އެތްލީޓަށްވެވުމަކީ ލިބޭ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށާއި، ކުރިއަށް އޮތް ތާނގައި އިތުރު ކާމިޔާބީތައް ހޯދަން މަސައްކަތްކުރާނެކަމަށެވެ.

ނަބީހާ ބުނީ މިއީ ގިނަ ގޮންޖެހުންތަކަކާއިއެކު ލިބުނު ކާމިޔާބެއްކަމަށައި، ގިނަ ބަޔަކު ސިންގަލްސްއިން ނަބީއަށް ވަނައެއް ނުހޯދޭނެއޭބުނުމަކީ މި ކާމިޔާބީ ހޯދަން އިތުރަށް ހިތްވަރުކުރި ސަބަބެއްކަމަށް އޭނާ ބުންޏެވެ.

ނަބީހާ ބުނީ މިއީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތްކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް ގޭމްސްގައިވެސް މި ކާމިޔާބީ ތަކުރާރުކުރުންކަމަށް އޭނާ ބުންޏެވެ.