ވިޔަފާރި

ސަޓާގެ ޕްލެޓިނަމް ޕާޓްނަރަކަށް ވީއައިއޭ ހަމަޖައްސައިފި


ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ނުވަތަ ސަޓާ އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހަމަޖައްސައިފިއެވެ.

ސަޓާ އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހަމަޖައްސާފައިވަނީ، ސަޓާ އެވޯޑްސްގެ ޕާޓްނަރުން ޢިއުލާންކުރުމަށް ކޮލަމްބޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ސަޓާ އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުން 7 ފަރާތެއް ކަނޑައެޅިއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް ވީއައިއޭ ހަމަޖައްސާފައިވާއިރު ގޯލްޑް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދަ ހޮކްސް ޕްރައިވެޓް ލިމިޓެޑްއެވެ. އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިވެހި އިންޝުއަރެންސް ކުންފުންޏެވެ. އަދި ހޮސްޕިޓާލިޓީ ޕާޓްނަރަކީ ރަމަދާ ކޮލަންބޯއެވެ.

ސިލްވަރ ޕާޓްނަރަކަށް ބޭރުގެ 3 ފަރާތެއް ވަނީ ހަމަޖައްސާފައެވެ. އެއީ ލަންކާ އިނޮވޭޝަން ފޯރަމް ފޯ އެންޓަޕްރިނިއާސް އާއި އެޑް ސޮލިއުޝަންސް ޑިޖިޓަލް ކޮމިއުނިކޭޝަން ޕްރައިވެޓް ލިމިޓެޑާއި، ސޯލް އޭޝިޔާއެވެ.

މިއަހަރުގެ ސަޓާ އެވޯޑްސް ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރ މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގެ އަމާރީ ގާލޭގައެވެ.

ސަޓާގެ ހުރިހާ އިވެލުއޭޝަންތަކެއް މިހާރުވަނީ ނިންމާލާފައެވެ. މިއަހަރުގެ އެވޯޑަށްވެސް 500 އަށްވުރެ ގިނަ ފަރާތުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެއެވެ.