ޚަބަރު

އަންގާރަ ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި


އަންގާރަދުވަހު ކުރިއަށް ގެންދާ އަތުގުޅާލުމުގެ ޙަރަކާތް ކުރިއަށްދާވަގުތު ބޮޑުތަކުރުފާނުމަގުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯތު އޮތޯރިޓީން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ އަތުގުޅާ ލުމުގެ ޙަރަކާތް ކުރިއަށް ގެންދިޔުމަށް އަންގާރަ ދުވަހުގެ ހަވީރު 4:30 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށް އިންޖީނުލީ އެއްގަމު އުޅަނދު ދުވުން މަނާވާނެކަމަށެވެ.

އެގޮތުން ސަލާމަތީ ބާރުތަކުން ބޭނުންކުރާ އުޅަނދުތަކާއި އެމްބިއުލެންސާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދުއްވާ ބަހުގެ ޚިދުމަތާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ޚާއްސަ ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް ފިޔަވާ އެދުވަހުގެ އެގަޑީގައި އެއްގަމު އުޅަނދުގައި އުޅޭ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.