ޚަބަރު

މާލޭގެ 3 މަގެއް ލެވެލް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ


މާލޭގެ ތިން މަގެއް
ލެވެލް ކުރުމަށް ބޭނުންވާ ގާ ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް ހައުސިން
މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ޕަބްލިކް ސަރވިސް
މީޑިޔާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ މަގު ލެވެލް
ކުރުމަށް ބޭނުންވާ ގާ ގެނައުމަށް ނިންމާފައިވަނީ އަމީނީ މަގާއި، ކަނބާއައިސާރަނި
ހިނގުމާއި، ބޮޑުތަކުރުފާނު މަގުގައި ޖެހުމަށް ކަމަށެވެ. މި މަގުތައް ލެވެލް
ކުރުމަށް ނިންމީ މި މަގުތަކަކީ ފެންބޮޑުވާ މަގުތަކަކަށް ވުމާއެކު، އަޑިގުޑަށް
ބޮޑުވުމުގެ ސަބަބުން ފެން ހިނދުން ދަތިވެފައިވާތީ ކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.




މާލޭގެ މަގުތައް
ބެލެހެއްޓުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވުނު ފަހުން މަގުތައް
ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ހައުސިން
މިނިސްޓްރީން މަޢުލޫމާތުދެއެވެ.



އެގޮތުން މާލޭގެ
މަގުތައް ބަލަހައްޓައި، މަރާމާތު ކުރުމަށް މި އަހަރުގެ ބަޖެޓްގައި ވަނީ ފަނަރަ
މިލިއަން ރުފިޔާ ހިމަނާފައެވެ. މަގުތައް ލެވެލް ކުރުމާއެކު، މާލޭގެ އިތުރު ހަ
ސަރަހައްދެއްގައި ފެން ހިންދުމަށް ބޭނުންކުރާ ގްރެވިޓީ ސިސްޓަމް ބަހެއްޓުމަށްވެސް
ހައުސިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. މާލޭގެ ފެން ބޮޑުވާ
ސަރަހައްދުތަކުގެ ތެރެއިން ހަތަރު ސަރަހައްދެއްގައި މިހާރުވެސް ގްރެވިޓީ ސިސްޓަމް
ވަނީ ގާއިމްކޮށްފައެވެ.