ކުޅިވަރު

ކުއާޓަރ ފައިނަލުން ޒީސްތުއާއި ރަފާގެ ޕެއަރ ކަޓައިފި


މޮރީޝަސްގައި މިހާރު ކުރިއަށްދާ 10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓްގެ ކުއާޓަރ ފައިނަލުން ރާއްޖޭގެ ރަފާ ނާޒިމްއާއި ޒީސްތު ނަސީމްގެ ޕެއަރ ކަޓައިފިއެވެ.

ޒީސްތުއާއި ރަފާގެ ޕެއަރއިންވަނީ ގްރޫޕް ސްޖޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި މަޑަގަސްކަރގެ ޕެއަރ މައްޗަށް 3-1އިން ކުރި ހޯދިއިރު، ރިޔޫނިއަންއާއި ސީޝެލްސްގެ ޕެއަރގެ މައްޗަށް ކުރިހޯދީ ސީދާ ތިން ގޭމުންނެވެ.

ގަދަ ސޯޅައިގައި ޒީސްތުއާއި ރަފާގެ ޕެއަރ ނިކުތީ މަޑަގަސްކަރގެ ޕެއަރއަކާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޕެއަރއިން ކާމިޔާބުކުރީ ސީދާ ހަތަރު ގޭމުންނެވެ. އެއީ 16-14، 11-06، 11-06، އަދި 11-07އިންނެވެ.

ކުއާޓަރ ފައިނަލުގައި ޒީސްތުއާއި ރަފާގެ ޕެއަރ ބަލިވީ މޮރީޝަސް އަތުންނެވެ. ފޯރިގަދަ މި މެޗު މޮރީޝަސްގެ ޕެއަރއިން ކާމިޔާބުކުރީ 4-3އިންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-9، 10-12، 11-7، 4-11، 12-14، 11-08 އަދި 7-11 އިންނެވެ.

މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ އަނެއް ތިން ޕެއަރވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފާތިމަތު ދީމާ ޢަލީއާއި މުންތިފް އަޙްމަދުގެ ޕެއަރއާއި ފާތިމަތު ޖުމާނާ ނިމާލާއި މޫސާ މުންސިފްގެ ޕެއަރ ކެޓީ ސެޓުގެ ތަފާތުންނެވެ. މުއީނާ މުޙައްމަދާއި ޝައްފާން އިސްމާއިލްގެ ޕެއާވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.