ކުޅިވަރު

ކޮމޯރޯސް އަތުން ބަލިވެ ފުޓްބޯޅަ ޓީމްއަށް ސެމީގެ ފުރުސަތު ހަނިވެއްޖެ


ކޮމޯރޯސް އަތުން 3-0އިން ބަލިވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެ ކަޓައިފި އެވެ.
ގިނަ ބަދަލުތަކާއެކު މެޗަށް ނުކތް ރާއްޖެ ކޮޅަށް ކޮމޯރޯސްގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ 29 ވަނަ މިނިޓްގައި ޖަލައުދީސާލިފެވެ. ފަހު ދެ ގޯލު ޖެހީ ޓީމުގެ އެންމެ އިސް ފޯވަޑް ނަޒަރުﷲ އެވެ.
މި މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ރާއްޖޭގެ ޓީމުން ސީނިއާ ކުޅުންތެރިންނަށް ފުރުސަތުދީ ކުޅުން ރަނގަޅު ކުރި އެވެ.
މުބާރާތުގައި ރާއްޖެ އަށް ބާކީ އޮތީ މަޔޯޓާއެކު ކުޅެން ޖެހޭ މެޗެވެ. ނަމަވެސް ރިޔޫނިއަން އަތުން 4-0އިން ބަލިވެ ކޮމޯރޯސް އަތުން 3-0އިން ބަލިވެ ގެއްލުން ގޯލުތައް ގިނަވުމުން ރާއްޖެ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.