ސިޔާސީ

"ސަންރައިޒް" ގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ހުއްދަދީފި


އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ. "ސަން ރައިޒް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މ. މަލިކުވިއު ސައީދާ ރަޝާދަށެވެ.

ސަޢީދާ ރަޝާދަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ނާކާމިޔާބުވުމާއި ގުޅިގެން ބޭއްވި އެއްވުންތަކުގައި އިސްކޮށް އުޅުނު އެއް ފަރާތެވެ.

"ސަންރައިޒް" ޕާޓީ ރަޖިސްޓްރީކޮށްދޭނީ ތިން މަސްދުވަހުގެ ތެރޭގައި 3000 މީހުންގެ ސޮޔާއެކު އީސީއަށް ހުށައެޅުމުންނެވެ.

މިވަގުތު ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރެއްގެ ބަޖެޓުން ފައިސާ ދޫކުރާނީ އެޕާޓީއެއްގައި 10000 ހާސް މީހުން ހަމަވާނަމައެވެ. މިއަހަރުގެ ބަޖެޓުން ފައިސާދޫކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ 9 ޕާޓިގެ ތެރެއިން އެންމެ 4 ޕާޓީއަށެވެ.